Sunday, October 21, 2007

ހއ. ފިއްލަދޫގެ ހިލަތައް


ގޮނޑުދޮށުންމިފެންނަ ހިލަތަކަކީ
ހއ. ފިއްލަދޫއަށް 1963 ވަނައަހަރު
އުރުނުއާގު ބޯތެއްގައިހުރި ހިލަތަކެކެވެ.
މިބޯޓުންހިލަތައް ބޭލީ އޭރުގެ ބޮޑުވަޒީރު
އިބުރާހީމް ނާޞިރުގެ އެންގެވުމަކަށް
ކަމަށްވަނީ ހިލަތައްބޭލުމުގެ ބޭނުމަކީ ބޯޓް
ފުންވޭތޯބެލުމެވެ. މިހިލަތައް ބާލައިގެން ގެން
ގޮސްއެޅީ ދައްޕަރު ބަންދަރުމަގާދިމާލު
އެއްގަމަށެވެ. މިހާރު ހިލަތައްހުރި ތަނުގައި ގަސް
ފަޅައިހިލަތަކުގެ މައްޗަށް ފަތާއި ވެލިއެޅި އެތަން
ވަނީ ހިލަތައް ވަނީ ވަޅުލެވިފައެވެ. މިހިލަތައް ބޭލުމުގައި
ބައިވެރިވި މީހުންމިހާރުވެސް ހއ. ފިއްލަދޫގައި އެބަ
ތިއްބެވެ. އަޅުގަނޑުގެ ބައްޕައަކީވެސް މި ހިލަބޭލުމުގައި
ބައިވެރިވި މީހެކެވެ
މި ފުޓޯއިން ތިފެންނަނީ ހއ. ފިއްލަދޫއަށް
އުރިފައިހުރި ބޯޓްގެ މިހާރު ފެންނަން ހުރި
ތަންކޮޅެވެ. މިބަޔަކީ އިންޖީނުގެ ބަޔެކެވެ

No comments: